ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ޓައިވާނުން ބޮޑު އިންވެސްޓްމެންޓެއް


ކޯވިޑްގެ ބަލިމަޑުކަމާ ހެދި ހީނަރުވެފައިވާ އިޤްޠިޞާދު އަލުން އާރާސްތުކުރުމަށް 15 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ޓާއިވާނުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިންވެސްޓްމެންޓަކީ މީގެ ކުރިން ޚަރަދުކުރުމަށް ހަމަޖެހިފައިވާ 420 ބިލިއަން ޓައިވާން ޑޮލަރުގެ އިތުރުން ފާސްކޮށްފައިވާ ބަޖެޓެކެވެ. އަދި މިކަމަށް ޚަރަދުކުރުން އަންނަ އަހަރުގެ ޖޫންމަހާއި ހަމައަށް ކުރިއަށްދާނެއެވެ. މީގެ އިތުރުން ޓައިވާނުގެ މަރުކަޒީ ބޭންކުންވެސް ވަނީ އިތުރު 400 ބިލިއަން ޓައިވާން ޑޮލަރުގެ ލޯން ސްކީމެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލާފައެވެ.

މުދާ އެތެރެކުރުމަށް ބަރޯސާވެފައިވާ ޓައިވާނުގެ އިޤްޠިޞާދަކީ ސެމީކޮންޑަކްޓަރ އުފައްދާ ދުނިޔޭގެ މައިގަނޑު އެއް ޤައުމެވެ. ބަލިމަޑުކަމުގެ ސަބަބުން މި ކަމަށް އަސަރުކޮށްފާނެތީ ޓައިވާނުގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޯވިޑްގެ ބަލިމަޑުކަމާ ހެދި ތައިވާންގެ ޙިއްޞާގެ ބާޒާރަށްވެސް ވަނީ އަސަރުކޮށްފައެވެ. މިގޮތުން މިހާރު ބެންޗް މާރކް އިންޑެކްސް ވަނީ 1.2 އަށް އަރާފައެވެ.

ބޯޑަރު ބަންދުކުރުމާއި އެނޫންވެސް ހަރުދަނާ ފިޔަވަޅުތަކެއް ދުރާލާ އެޅުމުގެ ސަބަބުން ކޯވިޑްގެ ބަލިމަޑުކަމުން މާބޮޑު އަސަރެއް ނުކޮށް ޓައިވާން ވަނީ ސަލަމާތްވެފައެވެ. ނަމަވެސް ފަހަކަށް އައިސް އެ ޤައުމުގައި ވަނީ ކޯވިޑް ކޭސްތައް އިތުރުވާން ފަށާފައެވެ. މީގެ ސަބަބުން ޢާންމުން އެއްވެއުޅުމާއި މުނިފޫހިފިލުވާ ތަންތަން ވަނީ ބަންދު ކުރަން ޖެހިފައެވެ.