ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި މިއަދު ނިޔާވި ތިންވަނަ މީހާއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިރޭ 8:40 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 75އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ކޯވިޑް ބަލީގައި މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 86 އަހަރުދެ ދިވެހި ފިރިހެނަކާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާ ދެމުންދިޔަ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.
މިބަލީގައި މިއަދު ނިޔާވި ތިން މީހުންނާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 188 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 171 ދިވެހިންނާއި 17 ބިދޭސީންނެވެ.