ދުނިޔޭގެ ވިޔަފާރި

ޖަފާނުން ހޯލްސޭލް ކުރާ މުދަލުގެ އަގުތައް މިއިން ދުވަހަކު ނުދާހާ މައްޗަށް


ޖަޕާނުގައި މުދާ ހޯލްސޭލްކޮށް ވިއްކާ އަގުތައް މިއަހަރު ހޯލްސޭލް އަގުތައް ރެކޯޑް އަދަދަކަށް އުފުލިއްޖެއެވެ. އެޤައުމުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރަކީ ވޭތުވެދިޔަ 13 އަހަރާއި އަޅާބަލާއިރު މުދަލުގެ ހޯލްސޭލް އަގުތައް އެންމެ މައްޗަށް ދިޔަ އަހަރެވެ. އަދި މިއީ ކޯވިޑްގެ ބަލިމަޑުކަމާއި ކުރިމަތިވެފައިވާ މި ދުވަސްވަރުގައި ކުންފުނިތަކަށް އިންފްލޭޝަންގެ ޕްރެޝަރ އަންނަކަމުގެ ނިޝާނެކެވެ.

މި އިންފްލޭޝަން އަކީ ކޯސްޓް ޕުޝް އިންފްލޭޝަންއެއްކަމަށާއި މިއާއެކު މަސައްކަތްތެރިންގެ މުސާރަ ބޮޑު ނުވާނަމަ ، ޖަޕާނުގެ ކޮންސިއުމަރުން ޚަރަދު ކުރާ މިންވަރު ދަށްވެގެން ދާނެކަމުގައި އިޤްޠިޞާދީ މާހިރުން ވިދާޅުވެއެވެ.

މުދަލުން ނަގާ އަގުތައް މިންކުރާ ކޯޕަރޭޓް ގުޑްސް އިންޑެކްސް (ސީޖީޕީއައި) މީގެ އެއްއަހަރު ކުރިން 4.9 އިންސައްތައަށް އިތުރުވެފައިކަމަށް ބޭންކު އޮފް ޖަޕާނުގެ ހިސާބުތަކުން ދައްކައެވެ. މިއާއެކު އޭޕްރީލް މަހު މިޢަދަދު ވަނީ 3.8 އިންސައްތައަށް އިތުރުވެފައެވެ. އަދި މިއީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު އައި އެންމެ ބޮޑު އިތުރުވުމެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ގޭބިސީތަކަށް ވިއްކާ ތަކެތީގެ އަގުބޮޑުކުރަން ރީޓެއިލަރުންނަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ރޯ މެޓީރިއަލްގެ އަގު ބޮޑުވުމަކީ ޖަޕާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ފައިސާއާއި ބެހޭ އުޞޫލުތައް ކަނޑައެޅުމުގައި ބޭނުންކުރާ މައިގަނޑު މިންގަޑު ކަމަށްވާ ކޯ ކޮންސިއުމަރ ޕްރައިސް މިދިޔަ އަހަރުގެ އޭޕްރީލްމަހު ވަނީ 0.1 އިންސައްތައަށް ވެއްޓިފައެވެ. އަދި މިއީ ޖެހިޖެހިގެން މިގޮތަށް ދަށްވި ނުވަ ވަނަ ފަހަރުވެސްމެއެވެ.

ތެލާއި ކޯލްގެ އަގު މެއި މަހު 53.5 އިންސައްތައަށް މަތިވެފައިވާއިރު ދަގަނޑުގެ ގޮތުގައި ނުހިމެނޭ ބައެއް ބާވަތްތަކުގެ އަގުވަނީ 41.6 އިންސައްތައަށް މައްޗަށް ޖެހިފައިކަން ބޭންކް އޮފް ޖަޕާނުގެ ހިސާބުތަކުން ދައްކައެވެ. މީގެއިތުރުން ލަކުނޑީގެ އަގުވަނީ 9.7 އިންސައްތައަށް މައްޗަށް ޖެހިފައެވެ. މީގެސަބަބުން ރޯމެޓީރިއަލްގެ ސްޓޮކް ދަށްވެ ޑިމާންޑްވަނީ އުފުލިފައެވެ. މި ސަބަބާއިހުރެ ކޯވިޑްގެ ބަލިމަޑުކަމަށް ދޭ އެހީގެ ސަބަބުން އިންފްލޭޝަން އިތުރުވެ ބޭންކުންތަކުގެ އުޞޫލުތައް ހަރުކަށި ކުރަން ޖެހިދާނެތީ އިންވެސްޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.