ޚަބަރު

މަރަދޫގަ ގެއެއްގައި އަންހެނަކު ބަންދުކޮށް ބަހައްޓާފައިވާ މައްސަލައެއް ފުލުހުން ބަލަނީ


އައްޑޫސިޓީ މަރަދޫ / ފޮޓޯ: ސޯޝަލް މީޑިއާ

އަންހެނަކު ގެއެއްގެތެރޭގައި ބަންދުކޮށްގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫގައި އަންހެނަކު ބޭރަށް ނުދެވޭގޮތަށް ގަދަކަމުން ގެއެއްގަ ގެންގުޅޭކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށެވެ. އަދި މިކަން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީގެ ސަމާލްކަމަށް އައިސް، ދެ މުޢައްސަސާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި ގެއެއްގައި ގަދަކަމުން ބަންދުކޮށްފައިވަނީ އުމުރުން 26އަހަރުގެ އަންހެނެކެވެ.