ޚަބަރު

ސިޔާސީ ޕާޓީއެއް އުފައްދައި، އިތުރަށް ޚިދުމަތް ދިނުމަށް ނާޒިމް ޖޭޕީން ވަކިވެއްޖެ


ސިޔާސީ ޕާޓީއެއް އުފައްދައި، މިހާރަށްވުރެ ބޮޑަށް ޤައުމަށް ޚިދުމަތް ކޮށްދެއްވުމަށް ކަމަށްބުނެ، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.

ޕާޓީން ވަކިވިކަން ހާމުކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ފޮނުއްވި ސިޓީގައި ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެމަނިކުފާނު ނިންމާފައިވާތީ ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގަތީކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރާއި މެންބަރުންގެ ފަރާތުން ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަަށެވެ.

ނާޒިމް ޖޭޕީން ވަކިވެވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ އިއްޔެ އެޕާޓީން ވެކިވެފައެވެ.