ދުނިޔޭގެ ވިޔަފާރި

ބެން އެންޑް ޖެރީ އިން ފަލަސްޠީނުގައި އުޅޭ ޔަހޫދީންނަށް އައިސް ކްރީމް ވިއްކުން ހުއްޓާލަނީ


އެމެރިކާގެ އައިސް ކްރީމް ބްރޭންޑެއްކަމަށްވާ ބެން އެންޑް ޖެރީ އިން ފަލަސްޠީނުގައި ވަޒަންވެރިވެގެންއުޅޭ ޔަހޫދީންނަށް އައިސް ކްރީމް ވިއްކުން ހުއްޓާލަން ނިންމައިފިއެވެ.

މިގޮތަށް މިކަން ނިންމީ އެތަނުގައި އައިސް ކްރީމް ވިއްކުމަކީ ކުންފުނީގެ އުޞޫލުތަކާއި ފުށުއަރާކަމަކަށްވާތީ ކަމުގައި ބެން އެންޑް ޖެރީ އިން ބުނެއެވެ. އެމެރިކާގެ ދެކުނުގައި ހުންނަ ބެން އެންޑް ޖެރީ އިން އިސްރާއީލުގައި ވިޔަފާރިތައް ހިންގާތީ ފަލަސްތީނުގައި ރައްޔތުން އަންނަނީ އެކަމާ ދެކޮޅުހަދަމުންނެވެ.

ބެން އެންޑް ޖެރީއިން ނިންމީ ވަރަށް ގޯސް ނިންމުމެއް ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރުވަނީ ވިދާޅުވެފައެވެ.

3 މިލިއަން ފަލަސްތީނު ރައްޔިންތުނާއެކު ފަލަސްތީނުގައި ވަޒަންވެރިވެގެންއުޅޭ 440000 މީހުން ހުޅަނގު ޣައްޒާގައި ދިރިއުޅެއެވެ. 1967 ވަނަ އަހަރު ހިނގި ހަނގުރާމައިގައި އިސްރާއީލުން ވަނީ މި ބިން ހިފާފައެވެ. ނަމަވެސް ފަލަސްތީނުން ބުނަނީ އެ މިބިމަކީ އެމީހުންގެ މިލްކިއްޔާތުގައި އޮތް ތަނެއްކަމަށެވެ. ގިނަ ޤައުމުތަކުންވެސް ދެކެނީ އިސްރާއީލުން ފަލަސްތީނުގައި ދިރިއުޅެނީ ޤަވާއިދާ ޚިލާފަށް ކަމަށެވެ.

ބެން އެންޑް ޖެރީއިން ބުނާގޮތުގައި އިސްރާއީލްގައި ހުންނަ އެމީހުންގެ ކުންފުނިން ޤާއިމުކޮށްފައިވާ ލައިސަންސްގެ މުއްދަތު އަންނަ އަހަރު ހަމަވީ ނަމަވެސް އެއްބަސްވުން އަލުން އައު ނުކުރާނެކަމަށެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ސަރަޙައްދުގައި ވިޔަފާރިނުކޮށް އެހެން ކޮންމެވެސް ގޮތެއް ހަމަޖައްސައި އިސްރާއީލުގައި މަޑުކުރަން ނިންމާފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

2000 ވަނަ އަހަރުން ފެށިގެން ބެން އެންޑް ޖެރީ ހިންގާ ކުންފުނި އިނގިރޭސިވިލާތުގެ ޔުނިލެވަރ އިން ބުނީ ކުންފުނިން ނިންމާ ނިންމުންތަކަށް އިޙްތިރާމް ކުރާކަމަށާއި ބެން އެންޑް ޖެރީގައި އޮންނާނީ މިނިވަން ބޯޑެއްކަމަށެވެ.

ބެން އެންޑް ޖެރީ ކުންފުންޏަކީ 1978 ވަނަ އަހަރު ދެ ރަޙްމަތްތެރިންކަމަށްވާ ބެން ޗޮހެން އާއި ޖެރީ ގްރީންފީލްޑް އެކުވެގެން ހަދާފައިވާ ކުންފުންޏެކެވެ.