ޚަބަރު

އައްސޭރި ޖަލަށް ވައްދަން މަސައްކަތްކުރި މަސްތުވާތަކެތިތަކެއް އަތުލައިގަނެފި


އައްސޭރި ޖަލަށް ވަންދަން މަސައްކަތް ކުރި މަސްތުވާތަކެތިތަކެއް މޯލްޑިވަސް ކަރެކްޝަނަލް ސާވިސްއިސްއިން އަތުލައިގަނެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ޖަލުގެ އޮފިސަރުން ހޯދާފައިވާކަމަށެވެ. މިތަކެތި މިހާރު ފުލުހުންނާއި ހަވާލު ކުރެވިފައިވާކަމަށްވެސް އަހުމަދު ވަނީ ވިދާޅުވެފައެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމަށް ވަރަށް ގިނައިން މަސައްކަތް ކުރެއެވެ. ނަމަވެސް ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގާ އެކި އޮޕަރޭޝަންތަކުގައި މި ފަދަ ގިނަ ތަކެތި ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ.

ޖަލަށް ވެއްދުން މަނާތަކެތި ވައްދާ މައްސަލައަށް ހައްލު ހޯދުމަށް ކަރެންޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް މިހާރުވަނީ ބަޔަކާއި ހަވާލުކުރެވިފައިވާކަމަށާއި، މިމަހުގެ 29 ވަނަ ދުވަހު މިކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އަހުމަދު ވިދާޅުވިއެވެ.

ގަވާއިދާއި ޚިލާފަށް އައްސޭރި ޖަލަށް ވައްދާ ތަކެތި ހުއްޓުވުމަށާއި، ފާރުމަތިން ޖަލު ތެރެއަށް ވެއްދުން މަނާތަކެތި އުކާ މައްސަލައަކަށް މިއާއިއެކު ހައްލު ލިބިގެންދާނެކަމަށް ސީޕީ އަހުމަދު ވިދާޅުވިއެވެ.