ޚަބަރު

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ


މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ. 

ފުލުހުން ބުނެފައިވަނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިމީހާ ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށެވެ.

ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ އަލް އަމިން، ބަނގްލަދޭޝް (42އ)އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BY0143854، މީނާ ހާޒިރު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ވަނީ ބުނެފައެވެ. 

މިމީހާ ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ޕޮލިސް، ސްޓޭޝަނަށެވެ.