ޚަބަރު

ގޭސްފުޅިއެއް ގޮވައި، މީހަކު ފިހިގެން ފަރުވާދެނީ


މާލޭގައި ގޭސްފުޅިއެއް ގޮވައި، މީހަކު ފިހި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މާފަންނު ބިސްބުރު ކައިރީގައި ހުރި އަލިފާން ނިއްވާ ފުޅިތަކެއް ހުރި ގުދަނަކުން ގޭސް ފުޅިއެއް ގޮވައި، އެކަކު ފިހި، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާގައި އެކަކު ފިހިފައިވާއިރު، އިތުރު މީހަކަށްވެސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި ފަރުވާދެމުންދަނީ ބިދޭސީ މީހަކާއި ދިވެއްސަކަށްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ...