މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަރޗުއަލް މެޝިނަށް ދިމާވި މައްސަލައިގެ ސަބަބުން އެއްވެސް ކްރިޓިކަލް ޑާޓާއަކަށް އަސަރުކޮށްފައިނުވާ ކަމަށް އެމުއައްސަސާއިން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްއިން އިން ވިދާޅުވީ، އެ މުއައްސަސާގެ ވަރޗުއަލް މެޝިނެއް ކްރޭޝްވުމާއި ގުޅިގެން މަސައްކަތު މާޙައުލުގައި ބޭނުންކުރާ ބައެއް ވޯކިންގ ފައިލްތައް ގެއްލިފައިވާކަމަށެވެ. އަދި ގެއްލުނު ފައިލްތައް ރިކަވަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ވަރޗުއަލް މެޝިނަށް ދިމާވި މައްސަލައިގެ ސަބަބުން ހުރިހާ އިންވެސްޓިގޭޝަން ޑާޓާތަކާއި، އޮޑިޓް ޑާޓާތަކާއި، ބޮންޑް ފީތަކާއި ޖޫރިމަނާތަކާއި އެނޫންވެސް މަޢުލޫމާތުތައް ގެއްލިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ވާހަކަތައް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަމުގެ ސަބަބުން މުއައްސަސާގެ އެއްވެސް ކްރިޓިކަލް ޑާޓާއަކަށް އަދި އެޕްލިކޭޝަން ސަރވަރއަކަށް އަސަރުކޮށްފައިނުވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
One of our VirtualMachine crashed, we have recovered the VM,despite some local working files being lost. We are still working on recovering the local files.This does not affect any of our critical data/application servers.All our services remain operational without interruptions.
— Maldives Customs (@CustomsMv) August 15, 2021
ވަރޗުއަލް މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިކަމުގެ ސަބަބުން ކަސްޓަމްސްގެ އެއްވެސް އޮޕަރޭޝަނަކަށް މެދުކެނޑުމެއް އައިސްފައިނުވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ. އަދި މިކަމާގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވާފައިވެއެވެ.