ދަރިވަރުންނަށް ނުލިބި ހުރި ފޮތްތަކުގެ ހާޑްކޮޕީ ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ބައެއް ދަރިވަރުންގެ ފޮތް ބައި ނުލިބުމުގެ ސަބަބުން ބައެއް ބެލެނިވެރިން އަަންނަނީ ޝަކުވާ ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އަދި އެ ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވަކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީއަށް ލިބިފައި. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. pic.twitter.com/wqOGnA4fT1
— Ministry of Education (@MoEdumv) August 20, 2021
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުންނަށް ފޮތްތައް ނުލިބި ލަސްވެފައިވަނީ ކޯވިޑް 19 އާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން ބޭރުން ގެންނަން ޖެހުނު ބައެއް ސާމާނު ލިބުމުގައި ދަތިތަކާވެސް ކުރިމަތިވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިވަގުތު ދަރިވަރުންނަށް ނުލިބި ހުންނާނީ ދިވެހި އިސްލާމް އަދި ޤުރުއާން މާއްދާތަކުގެ ފޮތްތައްކަމަށެވެ. ނަމަވެސް މިހާރު އެ ފޮތްތައް ފޮނުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމާށާއި މިހަފްތާ ތެރޭ މާލޭގެ ސްކޫލްތަކަށް ފޮތްތައް ހަވާލު ކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރުވެސް އަތޮޅުތަކުގެ ބޯޓުތަކަށް ފޮތްތައް އެރުވުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޯރުކޮދީ ނިންމުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހާޑް ކޮޕީ ދަރިވަރުންނަށް ނުލިބުނު ނަމަވެސް ޓެކްސްޓް ފޮތްތަކުގެ ސޮފްޓް ކޮޕީ ހުރިހާ ދަރިވަރުންނަސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.
ކޯވިޑްގެ ސަބަބުން ދޮޅު އަހަރުދުވަސް ވަންދެން ސްކޫލްތައް ބަންދުކޮށް އޮތުމަށް ފަހު މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.