ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ރީޓެއިލް ވިޔަފާރި އިތުރުވެއްޖެ


ސްކޫލްތައް ހުޅުވުމާއި ސަރުކާރުން ދޭން ފެށި ޗާއިލްޑް ޓެކްސްގެ ސަބަބުން ލަފާކުރި ގޮތާއި ޚިލާފަށް އެމެރިކާގެ ރީޓެއިލް ވިޔަފާރިއާއި އޯގަސްޓްމަހު އިތުރުވެއްޖެއެވެ.

އޯގަސްޓްމަހުގެ ރީޓެއިލް ވިޔަފާރި 0.7 އިންސައްތައަށް އިތުރުވެފައިވާކަމަށް އެމެރިކާގެ ކޮމާރސް ޑިޕާރޓްމަންޓްގެ ހިސާބުތަކުން ދައްކައެވެ. ރޮއިޓާސް ޕޯލުން ދައްކާފައިވާގޮތުގައި އެމެރިކާގެ ރީޓެއިލް ވިޔަފާރި ކުރިއަރާނީ 0.8 އިންސައްތައަށެވެ.

އެމެރިކާގެ ރީޓެއިލް ވިޔަފާރި ކުރިއަރާފައިވަނީ ގިނަ އުފެއްދުންތައް މަދުކުރަންޖެހިފައިވާ މައިގަނޑު އެއް ސަބަބުކަމަށްވާ މައިކްރޯޗިޕް ލިބުން ދަތިވެފައިވާ ދަނޑުވަޅެއްގައެވެ. މިއާއިއެކު މުޅިދުނިޔޭގައި ޑެލްޓާ ވޭރިއަންޓް ފެތުރެން ފަށާފައިވާ މި ދުވަސްކޮޅު ޗިޕް ލިބުން ވަނީ އިތުރަށް ދަތިވެފައެވެ. މިކަމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އިލެކްޓްރޯނިކް ސާމާނު އުފެއްދުންތައްވެސް ވަނީ މަދުކުރަންޖެހިފައެވެ. މީގެއިތުރުން އުފެއްދުންތަކަށް ޚަރަދުކުރުގެ ބަދަލުގައި ދަތުރުފަތުރުކުރުމާއި މުނިފޫހިފިލުވުންފަދަ ކަންކަމަށް ޚަރަދުކުރުން އިތުރުވެފައިވީނަމަވެސް ރީޓެއިލް ވިޔަފާރި އިތުރަށް ދަށަށްނުގޮސް ވަނީ ހިފަހައްޓާލާފައެވެ.

މިއާއިއެކު އޮޓޯމޮބައިލްސް، ގޭސޯލައިނާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަދި ކާބޯތަކެތީގެ ޚިދުމަތް ފިޔަވައި އެހެނިހެން ރީޓެއިލް ވިޔަފާރިތައް ޖުލައިމަހު 1.9 އިންސައްތައަށް ދަށްވުމަށްފަހު އޯގަސްޓްމަހު ވަނީ 2.5 އިންސައްތައަށް އިތުރުވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އޮންލައިން ކްލާސްތަކުގައި ކިޔެވުމަށްފަހު އޯގަސްޓްމަހު ފެށުނު ދިރާސީ އަހަރުގައި ދަރިވަރުން ވަނީ ސްކޫލްތަކަށް ދާން ފަށާފައެވެ. މީގެއިތުރުން ސަރުކާރުން ވަނީ ޗައިލްޑް ޓެކްސް ވެސް ޖުލައި މަހު ދޭންފަށާފައެވެ. އަދި ޓެކްސްގެ ލާރި މިއަހަރުގެ ޑިސެމްބަރާއި ހަމައަށް ލިބޭނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.