ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުގެ އުފެއްދުންތެރިކަން ކުރިއަރާ ދުވެލި އޯގަސްޓްމަހު ދަށްވެއްޖެ


ސިންގަޕޫރުގެ އުފެއްދުންތެރިކަން ކުރިއަރާފައިވާ ދުވެލި އޯގަސްޓްމަހު %11.2އަށް ދަށްވެއްޖެކަމަށް އެޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

މިއީ ޖުލައިމަހު އުފެއްދުންތެރިކަން ހުރި މިންވަރުކަމަށްވާ %16.3އަށްވުރެ ދަށް ޢަދަދެކެވެ. އުފެއްދުންތެރިކަން އެންމެ ބޮޑަށް ދަށްވެފައިވަނީ ދަތުރުފަތުރާއި އިންޖިނިއަރިންގް ކްލަސްޓަރއިން ކަމުގައިވެސް ހިސާބުތަކުން ދައްކައެވެ.

މިއާއިއެކު ސިންގަޕޫރުގެ އިކޮނޮމިކް ޑިވެލޮޕްމެންޓް ބޯޑް (އީޑީބީ)ގެ ހިސާބުތަކުން ދައްކާގޮތުގައި ބަޔޯމެޑިކަލް އުފެއްދުންތައް ނުހިމަނައި އޯގަސްޓްމަހު ސިންގަޕޫރުގެ އުފެއްދުންތެރިކަން ވަނީ %13.6އަށް އިތުރުވެފައެވެ.

މީގެއިތުރުން ކާރުޚާނާތަކުގެ އުފެއްދުންތެރިކަންވެސް ވަނީ %5.7އަށް އިތުރުވެފައެވެ. އަދި ދަތުރުފަތުރުތަކުގެ އިންޖިނިއަރިންގެ އުފެއްދުންތައްވެސް އޯގަސްޓްމަހުވަނީ %23.5އަށް އިތުރުވެފައެވެ. ނަމަވެސް މިއީ މިދިޔަ މަހާއި އަޅާބަލާއިރު %10 ދަށް ޢަދަދެކެވެ.

އެހެން ސެގްމެންޓްތަކާ، ޚިލާފަށް މެރިން އެންޑް އޮފްޝޯ އިންޖިނިއަރިންގ ސެގްމެންޓުގެ އުފެއްދުންތެރިކަން ވަނީ %36.9އަށް އިތުރުވެފައެވެ. އަދި އެއިރޯ ސްޕޭސް ސެގްމެންޓްގެ އުފެއްދުންތެރިކަންވަނީ %22އަށް އިތުރުވެފައެވެ.
މިއާއެކު އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ދަތުފަތުރުގެ އިންޖިނިއަރިންގް ކްލަސްޓަރގެ އުފެއްދުންތެރިކަން ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4.7އަށް އިތުރުވެފައެވެ.