ޚަބަރު

"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި


"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ޤާނޫނުގައިވާ، ލިޔުންތައް ފުރިހަމަކޮށް އިލެކްޝަނަށް ހުށަހެޅުމުން މ.ކެލަން, މުޙައްމަދު އިސްމާޢީލަށް "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާކަމަށެވެ.

މުޙައްމަދު އިސްމާއިލްއަކީ ސަރުކާރުގައި 35 އަހަރު ޚިދުމަތް ކުރަމުންދާ ބޭފުޅެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ މަސައްކަތް ކުރަމުންދަދަނީ ހައުސިން މިނިސްޓްރީގައެވެ.

ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.