ޚަބަރު

އަޑިއަށް ދިޔަ ދޯނިން ދަތުރުކުރި އެންމެން ފެނިއްޖެ


5 މީހުންނާއިއެކު ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ދޯނިން ދަތުރުކުރި އެންމެން ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ 60 ފޫޓްގެ މި ދޯނި އަޑިއަށް ގޮސްފައިވަނީ ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދަނިކޮށް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި އެ ދޯނިން ދަތުރުކުރި އެންމެން ފެނިފައިވާކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 5:59 ހާއިރުކަމަށެވެ.