ޚަބަރު

ކޭޝް ކާޑެއް ވަގަށްނަގައިގެން ގިނަ ޢަދަދެއްގެ ފޯނު ގަތް މީހަކު ހޯދަނީ


ކޭޝް ކާޑެއް ވަގަށްނަގައި އެއިން ގިނަ ޢަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފިއެވެ.

ފުލުހުން ވިޑިއޯއާއިއެކު ހޯދަން އިއުލާންކޮށްފައިވާ މީހަކީ މިދިޔަ މަހުގެ 19ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، އާޓިފިޝަލް ބީޗް ސަރަހައްދުން ކޭޝް ކާޑެއް ވަގަށް ނަގައިގެން، އެ ކޭޝް ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށް ގިނަ ޢަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.

މި މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.