ރާއްޖޭގައި ތަޢުލީމް ހާސިލް ކުރަމުންދާ ކޮންމެ 9 ދަރިވަރަކަށް މުދައްރިސަކު އެބަހުރިކަމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައފިިއެވެ.
މުދައްރިސުންގެ ދުވަހާ ގުޅިގެން އެބިއުރޯއިން ޢާއްމުކުރި ތަފާސްހިސާބުތަކަކީ 2020ވަނަ އަހަރުގެ ނިޔަަލަށް ރާއްޖޭގައި ތިބި މުއްރިސުންގެ ޢަދަދެވެ. ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކަގޮތުގައި 2020ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބީ 10615 މުދައްރިސިންކަމަށެވެ. މީގެ ތެރޭގައި %72 މުދައްރިސުންނަކީ އަންހެނުންނެވެ. އަދި %28 މުދައްރިސުންނަކީ ފިރިހެނުންނެވެ. ރާއްޖޭގައި ކިޔަވަދެމުން އަންނަ މުދައްރިސުންގެ ތެރެއިން ކޮންމެ 9 ދަރަވަރަކަށް ހުންނަނީ އެންމެ މުދައްރިސެެކެވެ. މީގެ ތެރެއިން އަތޮޅުތަކަށް ބަލާއިރު ކޮންމެ 7 ދަރިވަރަކަށް ހުންނަނީ އެންމެ މުދައްރިސެކެވެ. އަދި މާލެއިން ކޮންމެ 12 ދަރިވަރަކަށް ހުންނާނީ 1 މުދައްރިސެއްކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސަބުތައް ދައްކާގޮތުން އަތޮޅުތަކުގެ ސްކޫލްތަކުގައި 5965 މުދައްރިސަކު އަންނަނީ ދަރިވަރުންނަށް އުނގަންނައިދެއްވަމުންނެވެ. އަދި ރާއްޖެއިން ބޭރުގެ 1737 މުދައްރިސަކު ވަނީ މިދިޔައަހަރުގެ ނިޔަލަށް އަތޮޅުތަކުގެ އެކި ސްކޫލްތަކުގައި ކިވައިދީފައެވެ. މާލެއަށް ބަލާއިރު މާލޭގެ ސްކޫލްތަކުގައި 2536 ދިވެހި މުދައްރިސަކު ވަނީ ކިޔަވައިދިނުމަށް ޙަރަކާތްތެރިވެފައެވެ. އަދި ބޭރުގެ 377 މުދައްރިސަކު ވަނީ މާލޭގެ އެކި ސްކޫލްތަކުގައި ދަރިވަރުންނަސް ކިޔަވައިދީފައެވެ. އެހެންކަމުން މި މުދައްރިސުންގެ %20 މުދައްރިސުންނަކީ ބޭރު މީހުންނެވެ.
One and a half years into the COVID-19 crisis, the 2021 World Teachers’ Day will focus on the support teachers need to fully contribute to the recovery process under the theme “Teachers at the heart of education recovery”.
— Statistics Maldives (@statsmaldives) October 5, 2021
-@UNESCO -
Happy #TeachersDay2021! @MoEdumv @MoHEmv pic.twitter.com/Vr8k2w8oTp
ރާއްޖޭގައި ތަޢުލީމީ ދާއިރާގައި ސްކޫލްތަކުގައި ކިޔަވައިދެއްވަމުން ގެންދަވަނީދިވެހި އަންހެން މުދައްރިސުންނެވެ. މިގޮތުން މާލެއިން %82.1 މުދައްރިސުންނަކީ އަންހެނުންނެވެ. އަދި %68.6 އަންހެނުން ތަމްސީލްކުރަނީ އަތޮޅުތަކު ސްކޫލްތަކުންނެވެ. މިހެންކަމުން ކިޔަވައިދެމުންއަންނަ ކޮންމެ 10 މުދައްރިސަކުން 7 މުދައްރިސަކީ އަންހެނުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިމުދައްރިސުންގެ ތެރެއިން %80 މުދައްރިސުންނަކީ ޓްރެއިންޑް މުދައްރިސުންނެވެ. އަދި %20އަކީ އަން ޓްރެއިންޑް މުވައްޒަފުންނެވެ.
10615 މުދައްރިސުންނާއެކު ވޭތުވެދިޔަ އަހަރު މުދައްރިސުން ކޮށްފައިވަނީ ބުރަ ބޮޑު މަސައްކަތްތަކެކެވެ. ކޯވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުގެ ސަބަބުން މުދައްރިސުން ދަރިވަރުންނަށްޓަކައި އައު އުކުޅުތައް ދަސްކޮށް ކުރިން ކިޔަވައިނުދޭގޮތަށް ވަނީ ކިޔަވައިދީފައެވެ. މިހާ ބުރަމަސައްކަތާއެކު ދަރިވަރުންނަށްޓަކައި ބޮޑެތި ޤުރުބާނީއެއް ވަމުންއަންނަ މުދައްރިސުން އެންމެބޮޑަށް ކަންބޮޑުވަނީ އެމީހުންގެ މުސާރަ ބޮޑުނުވުމެވެ. އެހެންނަމަވެސް ސަރުކާރުންވަނީ އަންނައަހަރު މުސާރަ ބޮޑުކުރާ މީހުންގެތެރެއިން އެންމެފުރަތަމަ ބައެއްގެ ގޮތުގައި މުދައްރިސުން ހިމަނާނެކަމަށް ވިދާޅުވެފައެވެ.