ޚަބަރު

ގަމު ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި


ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑިޝަންލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

މެޖިސްޓްރޭޓް ޢަފޫރާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލާފައިވަނީ ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމުގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ. 

ޖޭއެސްސީން މިމައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.