ޚަބަރު

ތޮށި މަތީގައި މަސްބާނަށްހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ


މާލޭ އިއްޒުއްދީން ފާލާމާއި ދިމާލު ބޭރު ތޮށިމަތީގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު މިމީހާ މޫދަށް ވެއްޓުނީ ވައި ގަދަވުމުގެ ސަބަބުންކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމިހާ މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 6 ޖަހާކަން ހާއިރުކަމަށާއި މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.