ޚަބަރު

ކޯވިޑް ފެސިލިޓީން ފޯނެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަނީ


ކޯވިޑް ފެސިލިޓީން ފޯނެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ވީޑިއޯއާއިއެކު ހޯދަން އިއުލާން ކޮށްފައިވާ މީހަކީ މިދިޔަ މަހުގެ 9 ވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޯވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.

https://twitter.com/PoliceMv/status/1453248054841286665?s=20

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.