ޚަބަރު

އެކްސްޕޯ 2015ގެ ފަޚުރުވެރި އެއްވަނަ ލުބްނާ ޒާހިރު ޙުސައިނަށް


އެކްސްޕޯ މޯލްޑިވްސް 2015 ނުވަތަ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން 1ވަނަ ހާސިލްކޮށް، އެސް.އެމް.އީ ލޯނު ލުބުނާ މުޙައްމަދު ޒާހިރު ޙުސައިން ހާސިލްކޮށްފިއެވެ.ލުބުނާ މުޙައްމަދު ޒާހިރު މި ލޯނު ހާސިލުކުރީ، ފެންވަރާއި ރީތިވުމަށް ބޭނުންވާ ތަކެތި އުފެއްދުމުގެ ދާއިރާއިންނެވެ. އެކްޕޯ މޯލްޑިވްސް 2015ގެ ގިންތިތަކުން އެއްވަނަ 7 ފަރާތަކުން ހާސިލްކޮށްފައިވެއެވެ. އެގޮތުން މުބާރާތުން 1 ވަނަ ހާސިލްކޮށް އެސްއެމްއީ ލޯން ހާސިލްކުރީ ލުބުނާ މުޙައްމަދު ޒާހިރު ޙުސައިނެވެ. ލަކުޑިން ތަކެތި އުދެއްދުމުގެ ބައިން 1 ވަނަ ޙާޞިލްކޮށް އެސްއެމްއީ ލޯން ހާސިލްކޮށްފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެކެވެ. އެފަރާތަކީ ބ.ތުލާދޫ، ހިންމަތް، މުޙައްމަދު މާހިރެވެ. މީގެއިތުރުން ބޫޓާއި ދަބަސް ފަދަ ތަކެތި އުފެއްދުމުގެ މުބާރާތުން 1 ވަނަ ހާސިލްކޮށް އެސްއެމްއީ ލޯން ލިބިފައިވަނީ މއ. ނޫމަސް މޫސާ ޝިޔާމެވެ. ލާޖެހިތަކެތި އުފެއްދުމުގެ ބައިން މުބާރާތުން އެއްވަނަ ހާޞިލްކޮށްފައިވަނީ ބ.ތުޅާދޫ ރިޔާޒު އަބްދުލް އަޒީޒް އަބްދުއްރަޙީމެވެ. ކަނޑާނެގުން ނުވަތަ ކަވިންގެ ބައިން މުބާރާތުން 1 ވަނަ ޙާޞިލްކުރީ އަޙުމަދު މާލެ، ގާތުހިރި، މުޙައްމަދު އިމްރާނެވެ. ލަނގިރި ޖެހުމާއި ބަނޑިޔާ ޖެހުމުން މައުރަޒުން 1 ވަނަ ޙާޞިލްކުރީ ވ.ފުލިދޫ ބްލޫ ސްޓަރއެވެ. ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރ ތަކެތި އުފެއްދުމުން މައުރަޒުން 1 ވަނަ ހާޞިލްކުރީ ރ.މީދޫ ހުވަނދުމާގޭ އަބްދުއްރަޝީދު އަލިފުޅެވެ. ކަސަބުން ތަކެތި އުފެއްދުމުގެ ބައިން މައުރަޒުން އެއްވަނަ ހާޞިލްކުރީ މަރިޔަމް ޚާލިދާއެވެ.  އެކްސްޕޯ 2015ގެ 1 ވަނަ ޙާޞިލްކުރި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން ގިންތިތަކުން 2 ވަނަ 22 ފަރާތަކުން އިނާމު ޙަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އަދި މި މައުރަޒުގެ ގިންތިތަކުން 3 ވަނަ ޙާޞިލްކުރި 17 ފަރާތަތަށް އިނާމު ޙަވާލުކޮށްދެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު މުސާ ޒަމީރެވެ.