ކަޅުވަކަރު މިސްކިތް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ އާސާރީ ސަރަޙައްދަށް ބަދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
މިސްކިތް ބަދަލުކުރުމާ ގުޅޭގޮތުން
ހެރިޓޭޖެ ޑިޕާރޓްމަންޓްގެ ފަރާތުން މީޑިއާއަށް މައުލޫމަތުދެއްވަމުން، އެޑިއުކޭޝަން
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔުމްނާ
މައުމޫން ވިދާޅުވީ، މިސްކިތް ބަދަލު ކުރައްވާނީ، އެތަނުގެ ވީޑިއޯ ޑޮކިއުމެންޓްރީ ހަދައި، ވަރަށް ރަނގަޅަށް
ދިރަސާ ކުރެވިގެން، މިސްކިތުގެ އަސްލު ނުގެއްލޭ ގޮތައް ކަމަށެވެ.
ހެރިޓޭޖް ޑިޕާރޓްމަންޓުން މައުލޫމާތުދެއްވާ ގޮތުގައި، މި މިސްކިތް ރޫޅާލުމާއި ހުޅުމާލޭގައި ރޭވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ
ދިވެހި ސިފައިންނެވެ. އަދި ރޫޅާލާ ބައިތައް ސާފުކޮށް، މަރާމާތު
ކުރަނީ ހެރިޓޭޖް ޑިޕާޓްމަންޓް ގެ ފަންނީ މުވައްޒަފުންކަމަށް އެޑިޕާރޓްމަންޓުން މައުލޫމާތުދެއްވައެވެ.
މިކަމަށް ހިނގާނެ ޚަރަދާއި
އެހެނިހެން މަސައްކަތް ހައުސިން މިނިސްޓްރީން ކުރައްވާއިރު މުޅި މި ޕްރޮޖެކްޓް
ކުރިއަށް ގެންދަނީ ހިރިގަލުގެ މަސައްކަތުގެ ތަޖުރިބާކާރެއް ކަމަށްވާ މައުރޫފް
ޖަމީލުގެ ލަފާފުޅު މަތިންނެވެ.
ކަޅުވަކަރު މިސްކިތަކީ، ހިރިގަލުގެ ކަވި މަސައްކަތްތަކެއް ފެނިގެންދާ ރާއްޖޭގައި އެންމެ ދުވަސްވީ ތާރީޚީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ. ކަޅުވަކަރު މިސްކިތަކީ، 1789 ވަނަ
އަހަރު، އައްސުލްތޯން ހަސަން ނޫރައްދީންގެ ރަސްކަމުގައި ހިރިގަލުން ބިނާކުރެއްވި
މިސްކިތެކެވެ. އެންމެ ފުރަތަމަ ކަޅުވަކަރު މިސްކިތް ހުރީ، މަޖީދީ މަގާ
ކަރަންކާމަގާ އިންވެގެން ހުޅަނގު އުތުރު ކަންމަތީގައެވެ. އެއަށްފަހު އިބްރާހިމް ނާސިރުގެ
ވެރިކަމުގައި ކަޅުވަކަރު މިސްކިތް އުވާލުމަށް ފަހު އެ މިސްކިތް ނީލަން ކިޔުމުން،
ނީލަން ކާމިޔާބުކުރެއްވީ ފުރަނަފުށި ރިސޯޓް، މިހާރުގެ ފުލްމޫން ބީޗު ރިސޯޓު، އޭރު
ހިންގަމުން އައި ޓްރެޝާ އައިލަންޑް އެންޓަޕްރައިސަސްގެ ވެރިޔާ އޮސްޓްރޭލިޔާގެ ވޭން
ރީޑްކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ.
އެ ރިޒޯޓުން މި މިސްކިތް މިހާރު ހުރިތަނަށް މިސްކިތް ބަދަލު ކުރެއްވީ
ރައީސް އަލްއުސްތާޒް މައުމޫންގެ މައުމޫން އަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި 1979
ވަނަ އަހަރުއެވެ.
މިހާރު ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު
މިސްކިތް ހުރިތަން ބަދަލު ކުރުމުގެ ކާމިޔާބު މަސައްކަތްތަކެއް މީގެ ކުރިންވެސް ދެ
ފަހަރެއްގެ މަތިންވަނީ ކޮށްފައެވެ.