ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީ


އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ ޖުމްހޫރީ މައިދާން ސަރަހައްދު 26 ޑިސެންބަރު 17:30 އިން ފެށިގެން އެކި ވަގުތުތަކުގައި ޢާއްމު ޓްރެފިކަށް ބަންދުކުރުމަށްވަނީ ހަމަޖެހިފައިކަމަށެވެ. ފުލުހުން ވަނީ މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިމެނޭ ޗާޓެއްވެސް ހިއްސާ ކުރައްވާފައެވެ.

ޗާޓުގައި ފާހަގަކޮށްފައިވާ ޕާކިންގ ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ، މާދަމާ މެންދުރުފަހު 14:00 ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަންގަވައި، ޒޯންތައް ހުސްކޮށްދެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމާ މުޚާޠަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.