ޚަބަރު

ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި


ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކ.ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި 21 އަހަރުގެ ދިވެއްސަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވާކަމަށެވެ.

ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 08:58 ހާއިރުކަމަށާއި، އެންމެފަހުން އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.