ތެޔޮ
ރައްކާކުރެވޭ މިންވަރު ދެގުނަ އަށް އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް
ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު
ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން
މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލްވުމުގައި ޝަހީރު ވިދާޅުވީ ފުނަދޫގައި ތެޔޮ
ރައްކާކުރެވޭ މިންވަރަކީ ރާއްޖެއަށް ތެޔޮ ބޭނުންވާ މިންވަރާއި އަޅާ ބަލާއިރު މާ
ކުޑަ ސްޓޯރޭޖެއް ކަމަށާއި އެސްޓީއޯ އިން
ތެޔޮ ރައްކާކުރާ ރަށް ކަމުގައިވާ މާލެ އަތޮޅު ފުނަދޫ މިއަހަރު ތެރޭ އިތުރަށް
ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ މަސައްކަތްތައް
މިހާރު ފެށިފައިވާ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.
ޝަހީރު
ވިދާޅުވީ ފުނަދޫ އެކްސްޕޭންޝަން މަޝްރޫއަކީ އަހަރުތެރޭ ކުރިއަށްގެންދަން
ރާވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.