ކުޅިވަރު

ބާސެލޯނާ ބަލިކޮށް ރެއާލުން ފައިނަލަށް


ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި ރޭ ރެއާލް މެޑްރިޑުން 3-2 އިން ބާސެލޯނާ ބަލިކޮށް ރެއާލުން މުބާރާތު ފައިނަލުން ޖާގަހޯދައިފިއެވެ.

ރެއާލުން ފުރަތަަމަ ލީޑުނެގީ މެޗުގެ 25 ވަަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. ބާސެލޯނާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރީ މެޗުގެ 41 ވަނަ މިނިޓްގައި ލޫކް ޑި ޖޯން ޖެހި ގޯލުންނެވެ. ރެއާލުން ދެ ވަނަ ފަހަރަށް ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 72 ވަނަ މިނިޓްގައެވެ. މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ބެންޒީމާއެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންސޫ ފާޓީއެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިނިޓްގައި ރެއާލް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ.

ސެމީ ފައިނަލު ދެވަނަ މެޗުގައި އެލުޓެކޯ މެޑްރިޑް ވާދަކުރާނީ އެތުލެޓީކޯ ބިލްބާއޯއާއެވެ. ފައިނަލު އޮންނާނީ ސައުދީގެ ރިޔާޟުގައި އަންނަ އާދީއްތަ ދުވަހުއެވެ.