މޯލްޑިވްސް ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް އިމާރަތްކުރުމުގެ މަސައްކަތް ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ. ބައިސަން މޯލްޑިވްސްއިން ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބައިސަން މޯލްޑިވްސްއިން ބުނީ ފުރަތަމަ އަޅާ ގެތަކާއެކު ފްލޯޓިންގ ގެތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރޯދަމަހަށް ފަހު ގެތައް އާއްމުންނަށް ދައްކާލުމަށް ހުޅުވާލެވޭވަރު ވަރުވާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ފްލޯޓިންގ ސިޓީގައި ލަގްޒަރީ ފެންވަރުގެ 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފްލޯޓިންގ ސިޓީގައި ލަގްޒަރީ ފެންވަރުގެ 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މާލެ އަތޮޅު އާރަށް ކައިރީ ތަރައްޤީކުރާ ފްލޯޓިން ސިޓީގެ މިމަޝްރޫޢު ނިމިގެންދާއިރު މިސަރަޙައްދަށް ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ބޮޑެތި ފިހާރަތަކުގެ އިތުރުން ސިއްޙީ ޚިދުމަތާއި ސްކޫލްތައް އައުމާއެކު މިއީ އިތުރަށް އުފެދޭ ވަޒީފާތައްކަމަށް މަސައްކަތުގެ ލޯކަލް ކޮންސަލްޓަންޓް ފާހަގަކުރައްވައެވެ.
ފްލޯޓިންގ ސިޓީ އަޅާއިއިރު މުޅިންވެސް ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކެއް ބޭނުން ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.
ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް އެންމެ ފުރަމަތަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މިއެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއި ކުރީ 2019 ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރި ޑަޗް ޑޮކްލޭންޑް ކުންފުންޏާއިއެވެ.