ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް 3000 މުސްޙަފު ހަދިޔާކޮށްފިއެވެ.
ސައުދީ ސަރުކާރުގެ ފަރާތުން މި މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީއެވެ. އަދި ސަރުކާރުގެ ފަރާތުން މުސްޙަފްތަކާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.
ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް 3000 މުސްޙަފު ހަދިޔާ ކުރެއްވުން.
— Ministry of Islamic Affairs (@MVIaffairs) March 13, 2022
މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ މެތްރެކް އަލްދޮސާރީ އެވެ. pic.twitter.com/R7BpqGRVWU
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތަކުގެ ތެރޭގައި 2 ސައިޒެއްގެ މުސްޙަފް ހިމެނޭކަމަށެވެ. އެގޮތުން އާއްމުކޮށް ހުންނަ ސައިޒުގެ އަކުރު ކުދި މުސްޙަފާއި، އަކުރު ބޮޑެތި މުސްޙަފު ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މުސްޙަފް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މުސްޙަފް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ، ދީނީ ރޮނގުން މީހުން ބިނާކުރުމަށް ސައުދީ އަރަބިއްޔާއިން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.