ޚަބަރު

އައްޑޫ "ޕޮލިސް އެކަޑަމީ"ގެ ހެޑަކަށް ޝިފާން، މާލެ އޭރިއާގެ ހެޑަކަށް ސަމީރު


ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެެއް މަގާމުތަކަށް އާންމު އުސޫލަކުން ބަދަލު ގެނެސްފިއެވެ.

ބަދަލު ގެނެސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، މާލެ އޭރިއާ 1 (މާލެ ސިޓީ ޕޮލިސް) އަދި ސެންޓަރ ފޮރ އެޕްލައިޑް ޕޮލިސިންގެ އިސް މަގާމުތަކަށެވެ.

އެ ބަހާތަކުގެ ތެރެއިން ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާންއެވެ. އަހްމަދު ޝިފާން ކުރިން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 ( މާލޭ ސިޓީ ޕޮލިސް)ގެ މަގާމުގައެވެ.

އޭގެ އިތުރުން، ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޯންސްގެ މަގާމުގައި ކުރިން ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އައްޔަނު ކުރައްވާފައިވަނީ ހެޑް އޮފް މާލެ އޭރިއާ 1 (މާލެ ސިޓީ ޕޮލިސް )ގެ މަގާމަށެވެ.

ހެޑް އޮފް ސެންޓަރ ފޮރ އެޕްލައިޑް ޕޮލިސިންގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞަބާހުއެވެ. މުޙައްމަދު ޞަބާހު ކުރިން ހުންނެވީ ހެޑް އޮފް ހައި ވިޒިބިލިޓީ ޕޮލިސިންގ ޔުނިޓުގެ މަގާމުގައެވެ.