ޚަބަރު

އައްޑޫ މަރާމާރީއެއްގައި އަނިޔާވި 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ


އައްޑޫގައި ހިނގި ސިލްސިލާ މާރަމާރީތަކެއްގައި، ފަރުވާ ދެމުންދިޔަ އުމުރުންް 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމަށް ކޮށްލާފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 3:10 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އަނިޔާވެފައިވާ 21 އަހަރުގެ މީހާއަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާއިރު، މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.