ބޮޑެތި މުސާރަތަކަކާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.
އެމް.ޕީ.އެލް އިން ވަޒީފާގެ ފުރުޞަތު ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ސެކިއުރިޓީ އެސިސްޓެންޓްކަމާއި، އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރކަމާއި، އެސިސްޓެންޓް އޮޕަރޭޓަރކަމާއި، މެކޭނިކްކަމާއި، އެސިސްޓެންޓް ސަރވިސް އިންޖިނިއަރކަމާއި، ދޯނި ދުއްވާނެ ޑްރައިވަރަކާއި ކްރޫ މެމްބަރެއްގެ އިތުރުން، އެސިސްޓެންޓް އިލެކްޓްރީޝަންކަން ހިމެނެއެވެ.
މީގެ ތެރެއިން ސެކިއުރިޓީ އެސިސްޓެންޓުންގެ ގޮތުގައި 16 ފުރުޞަތު ހުޅުވާލާފައިވާއިރު، މި މަޤާމަށް އެލަވަންސްތަކާއެކު 8،000 ރުފިޔާއާއި، 10،000 ރުފިޔާގެ މުސާރައެއް މަހަކު ލިބޭނެއެވެ. މި 16 ސްލޮޓުގެ ތެރެއިން 1 ސްލޮޓް ޚާއްސަކޮށްފައިވަނީ ތިލަފުށީގައި މަސައްކަތްކުރުމަށެވެ. އެ މަޤާމަށް ހޮވޭ މީހަކަށް އެލަވެންސްތަކާއެކު މަހަކު 10،000 ރުފިޔާއާއި 15،000 ރުފިޔާއާއި ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރުންގެގޮތުގައި 10 ފުރުޞަތު އަދި އެސިސްޓެންޓް އޮޕަރޭޓަރުންގެ މަޤާމަށް 10 ފުރުސަތު ހުޅުވާލާފައިވާއިރު، މި ދެ މަޤާމަށް ހޮވޭ މީހަކަށްވެސް އެލަވެންސްތަކާއެކު މަހަކު 8000 ރުފިޔާއާއި 10،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. 2 މެކޭނިކަކާއި، އެސިސްޓެންޓް ސަރވިސް އިންޖިނިއަރެއް ހޯދުމަށް ހުޅުވާލާފައިވާއިރު، މި މަޤާމުތަކުގެ މުސާރަ އުޅެނީ އެލަވެންސްތަކާއެކު މަހަކު 10،000 ރުފިޔާއާއި 15،000 ރުފިޔާއާއި ދެމެދުގައެވެ.
ދޯނި ދުއްވާނެ ޑްރައިވަރަކާއި ކްރޫއެއް ހޯދުމަށް އިޢުލާންކޮށްފައިވާއިރު، މިއިން ކޮންމެ މަޤާމަކަށްވެސް މުސާރައިގެގޮތުގައި އެލަވެންސްތަކާއެކު މަހަކު 10،000 ރުފިޔާއާއި 14،000 ރުފިޔާއާއި ދެމެދު ލިބޭނެއެވެ. 2 އެސިސްޓެންޓް އިލެކްޓްރީޝަނުންނަށް ހުޅުވާލާފައިވާއިރު، މި މަޤާމުގެ މުސާރައަކީ އެލަވެންސްތަކާއެކު މަހަކު 14،000 ރުފިޔާއާއި 16،000 ރުފިޔާއާ ދެމެދެވެ.
މި މަޤާމުތަކަށް ކުރިމަތިލުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18ގެ ނިޔަލަށް އެމް.ޕީ.އެލްއިން ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އައި.ޑީ ކާޑު ކޮޕީ، ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ސީވީ އެޓޭޗްކުރުމަށްފަހު އެމް.ޕީ.އެލްގެ [email protected] މެއިލްކުރުމަށް އެކުންފުނިން އެދެއެވެ.
ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ތަމްރީނުގެ އެކި އެކި ފުރުޞަތުތައް ފަހިކޮށްދެވިގެންދާނެކަމަށް އެމް.ޕީ.އެލުން ބުނެއެވެ.