ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުން ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައިފިއެވެ.
މި މީހުން ހަތަރުވަނަ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިންއެވެ.
މިކަން އާއްމުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ނެރުނު އިޢުލާންގައި ވިދާޅުވީ ކޮވިޑް ވެކްސިން ތިންވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް ހަތަރުވަނަ ވަނަ ޑޯޒް ޖަހަން ނިންމާފައިވާ ކަމަށެވެ.
މިޑޯޒް ޖަހާނީ މީގެ ތެރެއިން ކޮވިޑް ގެ ފުރަތަމަ ބޫސްޓާ ނުވަތަ ތިން ވަނަ ޑޯޒް ޖެހިފަހުން ހަތަރު މަސް ދުވަސް ވެފައިވާ މީހުންނެވެ.
* 65 އަހަރުންމަތީގެ މީހުން.
* 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން.
މީގެ ތެރޭގައި ހިމެނެނީ:
* ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން.
*އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން.
*ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން.
*ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން.
*ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން
*އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
*ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން.
*ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން.
*ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން.
*ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް.
*އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް
މީގެ އިތުރުން އެޗްޕީއޭން ވަނީ 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ދޭން ފެށުމަށް ވެސް ނިންމާފަ އެވެ. އެއީ17-12އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ހަމަ ވެފައިވާ ކުދިންނެވެ.
އެޗްޕީއޭއިން ވިދާޅުވީ 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރެވި ހުރިފަރާތްތަކަށްވެސް ވެކްސިން ސެންޓަރ ތަކުން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެކްމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މާލެ ސަރަޙާއްދުގައި ވެކްސިން ޖެހުމަސް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ދަމަނަވެށިންނެވެ. ހުޅުމާލެ ހޮސްޕިޓަލާއި ދަމަނަވެށިން ވެކްސިން ޖަހާދޭނީ މެންދުރު13:00 އިން 15:00 އަށެވެ. އަދި ދަރުމަވަންތަ ހޮޕސްިޓަލުން ވެކްސިން ޖަހާދެނީ ހެނދުނު 10:00 އިން 12:00 އަށެވެ. ދަމަނަވެށި ނޫން އެހެންތަންތަނުން އާދިއްތަ، އަންގާރަ، ބުދަ މި ތިން ދުވަހު ވެކްސިން ޖަހާދޭނެއެވެ. އަދި ދަމަނަވެށިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކުވެސް ވެކްސިން ޖަހާދޭނެއެވެ.