ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


  • 500އެމްއެލްގެ 2547 ފުޅި ބަނގުރަލާއި، 5ލީޓަރުގެ 23 ފުޅި ބަނގުރާ ހިމެނޭ

  • ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ޓައްޕު ހިމެނެ

ފުލުހުންގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. މި ތަކެއްޗަކީ މި ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރަލެވެ.

މި މަހު 5ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފައިވަނީ 500އެމްއެލްގެ 2547 ފުޅި ބަނގުރަލާއި، 5ލީޓަރުގެ 23 ފުޅި ބަނގުރަލާއި، އެހެނިހެން ތަކެތީގެ ގޮތުގައި ނުވަ އައިޓަމެކެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ޓައްޕު ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.