ޚަބަރު

ގަވާއިދާއި ހިލާފަށް އެތެރެކުރަން އުޅުނު ބަނގުރާތަކެއް އަތުލައިގަނެފި


ކަނޑުމަގުން ރާއްޖެއަށް އައި ބޯޓަކުން ގިނަ އަދަދެއްގެ ބަނގުރަލާއި، އެހެނިހެން މަނާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު ބެންކޮކުން ފުރައިގެން ގއ.ކޫއްޑޫއަށް އައި ބޯޓުގައި ޤާނޫނާއި ގަވާއިދާއި ޚިލާފް އެއްޗެއް ހުރިކަމަށް ކަސްޓަމްސްގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންނާއި، އެމްއެންޑީއެފް އާއި ކަސްޓަމްސް ގުޅިގެން ބޯޓު ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ފެނިފައިވާކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގް ކުރުމަށްޓަކައި ބޯޓުން ފެނިފައިވާ ބަނގުރާ ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.