ވިޔަފާރި ޚަބަރުތައް ގެނެސްދޭ އެމެރިކާގެ ނޫސް މަޖައްލާ ވޯލް ސްޓްރީޓުން އަންދާޒާ ކުރި ވަރަށް އިތުރު އާމްދަނީއެއް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކެނެޑާގެ ސޮފްޓްވެއާ ކުންފުނި ބްލެކްބެރީއަށް ލިބިއްޖެއެވެ.
އަންދާޒާ ކުރިވަރަށް ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވީ ސައިބަރ ސެކިއުރިޓީ ޚިދުމަތަށް އޮތް ޑިމާންޑު އިތުރުވުމުންކަމަށް ބްލެކްބެރީއިން ބުނެއެވެ.
ބްލެކްބެރީގެ އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ސައިބާސެކިއުރިޓީ ސެގްމެންޓުންނެވެ. މި ސެގްމެންޓުން ލިބުނު އާމްދަނީ %6 އަށް އިތުރުވެ، 113 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައިވެއެވެ.
ޖުމްލަކޮށް ބަލާނަމަ ކުންފުނީގެ އާމްދަނީ ވަނީ ކުރިއާ އަޅާބަލާއިރު %3.4 އަށް ދަށްވެފައެވެ. ނަމަވެސް މިއީ އެނަލިސްޓުން އަންދާޒާކުރި ވަރަށް ވުރެ އިތުރު އާމްދަނީއެކެވެ. އެނަލިސްޓުން އަންދާޒާކޮށްފައިވާގޮތުން އާމްދަނީގެ ގޮތުގައި ކުންފުންޏަށް ލިބޭނީ 160.7 މިލިއަން އެމެރިކާ ޑޮލަރެވެ.
ސައިބަރސެކިއުރިޓީއަށް އޮތް ޑިމާންޑް އިތުރުވީ ގިނަ ވިޔަފާރިތަކެއް ކްލައުޑް ޕްލެޓްފޯމަށް ބަދަލުކުރުމާއި ގުޅިގެންނެވެ. މި ޓްރެންޑް ބޮޑަށް އާންމުވީ ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.
އިލްކެޓްރިކް ވެހިކަލާއި ކަނެކްޓެޑް ކާރު ޓެކްނޮލޮޖީއަށް އޮތް ޑިމާންޑު އިތުރުވެ ބްލެކްބެރީގެ އޮޓޯ ސޮފްޓުވެއާއަށް އޮތް ޑިމާންޑު އިތުރުވުމަކީވެސް ކުންފުނީގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. މި އޮޓޯ ސޮފްޓްވެއާތަކަކީ ޖެނެރަލް މޮޓޯސް ޖީއެމް.އެން، މާސިޑީޒް ބެންޒް އެންބީޖީއެން.ޑީއީ އަދި ޓޮޔޯޓޯ 7203 ޓީގެ ކާރުތަކުގައިވެސް ބޭނުންކުރާ ސޮފްޓްވެއާތަކެކެވެ.