ދުނިޔޭގެ ވިޔަފާރި

ޗައިނާގެ 3 އެއާލައިނަކުން 300 އެއާބަސް ޖެޓް ގަންނަނީ


ޗައިނާ ސަރުކާރު ހިއްސާވާ 3 އެއާލައިން ކަމަށްވާ އެއާ ޗައިނާ، ޗައިނާ އީސްޓަން އެއާލައިން އަދި ޗައިނާ ސަދާން އެއާލައިން އެކުވެގެން 300 އެއާބަސް ޖެޓް ގަންނަން ނިންމައިފިއެވެ.

މިއީ ކޯވިޑުގެ ބަލިމަޑުކަމަށްފަހު ޗައިނާ އެއާލައިންތަކަކުން މަތިންދާބޯޓު ގަތުމަށް ދޭ އެންމެ ބޮޑު އޯޑަރެވެ.

އެއާ ޗައިނާ އާއި ޗައިނާ ސަދާން ހިމެނޭގޮތަށް ކޮންމެ އެއާލައިނަކުން A320 ނިއޯގެ 96 ޖެޓް ގަންނަން ވަނީ ނިންމާފައެވެ. މި ބޯޓުތަކުގެ ޖުމްލަ އަގު 12.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ޗައިނާ އީސްޓަން އެއާލައިނުން ގަންނަން ނިންމާފައިވަނީ A320 ނިއޯގެ 100 ޖެޓެވެ. މި ބޯޓުތަކުގެ އަގަކީ 12.8 ބިލިއަން އެމެރިކާ ޑޮލަރެވެ.

އާންމުކޮށް ކޮންމެ އަހަރަކު އެއާބަސް އަދި ބޮއެންގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާކުރަނީ ޗައިނާ މާކެޓުންނެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން ވަނީ ޖެޓް މާކެޓުން ބޭރުވެފައެވެ. މީގެއިތުރުން އެމެރިކާ އާއި ޗައިނާއާ ދެމެދު ހީނަރުވެފައިއޮތް ވިޔަފާރީގެ ގުޅުމަކީވެސް ޖެޓް މާކެޓުން ޗައިނާ ބޭރުވި ސަބަބެކެވެ.

އެމެރިކާގެ އެއާކްރާފްޓް ކުންފުނި ބޮއެންގް އިން ބުނީ 50 އަހަރު ވަންދެން އެމެރިކާއިން ޗައިނާއަށް އެއާކްރާފްޓް އެކްސްޕޯޓުކޮށްފައިވާ ކަމަށާއި ނަމަވެސް އެކި ކަހަލަ ސަބަބުތަކާއި ހެދި އެއާކްރާފްޓް އެކްސްޕޯޓަށް ހިޔަނި އެޅެމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.