އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވައިފިއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.
1443 ވަނަ އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހަށްވާއިރު، ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ.
އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގަންނަވާ ދިވެހި ޙައްޖުވެރިންނާއި ބައްދަލުކޮށް ޙާލު ބައްލަވައިފި.#އަމީރުލްޙައްޖު #ޙައްޖު1443 #އިސްލާމިކްއެފެއާޒް #ޙައްޖުމިޝަން pic.twitter.com/Zo6S4H3PP5
— Ministry of Islamic Affairs (@MVIaffairs) July 5, 2022
ރާއްޖެއިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ 453 މީހުންނެވެ. ޙައްޖުވެރިންނަށް ޙައްޖުގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމްތައް ސަރުކާރުން އަންނަނީ ހަމަޖައްސައިދެއްވަމުންނެވެ. ޚާޢްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ދިވެހި ހައްޖުވެރިންގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ އިންތިޒާމްތައް ވަރަށް ގާތުން ބައްލަވާ އޮޅުން ފިލުއްވަމުންނެވެ. އަދި ރާއްޖެއިން ފުރުމުގެ އިންތިޒާމްތަކުގެ އިތުރުން ސަޢުދީގައި ހަމަޖައްސާފައިވާ އިންތިޒާމްތައްވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ބައްލަވަމުންނެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.