ދުނިޔޭގެ ވިޔަފާރި

ޔޫރޯގެ އަގު ވެއްޓި އެމެރިކާ ޑޮލަރާއި އެއްވަރުވެއްޖެ


ޔޫރޯގެ އަގު ވަރަށް ބޮޑަށް ވެއްޓި އެމެރިކާ ޑޮލަރާއި އެއްވަރު ވެއްޖެއެވެ.

މިއީ 2002 ވަނަ އަހަރު ޑިސެމްބަރުމަހުގެ ފަހުން ޔޫރޯގެ އަގު މިހާބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ޔޫރޯގެ އަގު މިހާ ބޮޑަށް ވެއްޓެން މެދުވެރި މައިގަނޑު ސަބަބަކީ ޔޫރަޕަށް އެންމެ ފުޅާ ދާއިރާއެއްގައި ހަކަތަ ފޯރުކޮށްދެމުން އަންނަ ރަޝިޔާއިން ހަކަތަ ފޯރުކޮށްދިނުން ހުއްޓާލަން ނިންމުމާއި ގުޅިގެންނެވެ. މީގެއިތުރުން ޔޫރަޕް ސަރަޙައްދުގެ ޤައުމުތަކުގެ އިޤްޠިޞާދީ ދުވެލި މަޑުޖެހުމަކީވެސް ޔޫރޯގެ އަގު ވެއްޓެން މެދުވެރިވި ސަބަބެކެވެ.

ޔޫރޯގެ އަގު މިވަގުތު ހުރިގޮތުން އެއް ޔޫރޯ އަކީ އެއް ޑޮލަރެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުން އަދިވެސް އިތުރަށް އިންޓަރެސްޓު ރޭޓު މަތިކުރާނަމަ ޔޫރޯގެ އަގު އިތުރަށް ވެއްޓޭނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޔޫރޯގެ އަގު އަންނަނީ ވެއްޓެމުންނެވެ. މީގެކުރިން ޔޫރޯގެ އަގު އުޅުނީ ޑޮލަރަކަށް 1.60 ޔޫރޯގެ މަގުންނެވެ.

ޔޫރޯގެ އަގު ވެއްޓުމުން ޔޫރަޕް ޤައުމުތަކުން އެކްސްޕޯޓު ކުރާ މުދަލަށް މަދު ފައިސާއެއް ދައްކަންޖެހޭއިރު އިމްޕޯޓުކުރާ ފަރާތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިހާރަށްވުރެ އިތުރުވާނެއެވެ.

ޔޫރޯއަށް މި އައި ބަދަލާއެކު ޔޫރަޕް ގައުމުތަކުގެ އިންޕްލޭޝަން 8.6 ޕަސެންޓަށް ވަނީ މަތިވެފައެވެ.