ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ ޓްރޭޑް ސާޕްލަސް އިތުރުވެއްޖެ


ހަކަތައިގެ އުފެއްދުންތައް އެކްސްޕޯޓްކުރި މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވެ ކެނެޑާގެ ޓްރޭޑް ސާޕްލަސް 3.94 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ. ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައި ޓްރޭޑް ސާޕްލަސް ދަށްވާނެއެވެ.

ސްޓެޓިސްޓިކްސް ކެނެޑާއިން ހާމަކޮށްފައިވާ ގޮތުގައި ޖޫން މަހުގެ އެކްސްޕޯޓް 2.0% ށް އިތުރުވެފައިވާ ކަމަށާއި، އަދި މިއީ މައިގަނޑު ގޮތެއްގައި ހަކަތަގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ. ޕެޓްރޯލިއަމްއާއި މޮޓޯ ގޭހުގެ ސަބަބުން އެ ޤައުމުގެ އިމްޕޯޓް %1.7 އަށް އިތުރުވެފައިވާ ކަމަށޤވެސް ހިސާބުތަކުން ދައްކައެވެ.

ޖޫން މަހު 4.80 ބިލިއަން ސިންގަޕޫރު ޑޮލަރު ޓްރޭޑް ސާޕްލަސްގެ ގޮތުގައި ލިބޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ހަކަތައިގެ އެކްސްޕޯޓް ވަނީ %3.2 އިތުރުވެފައެވެ. މީގެ ސަބަބުން ވެސް ޖެހިޖެހިގެން ހަ މަހު އެކްސްޕޯޓް އިތުރުވެފައި ވަނީ ނުވަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫކްރޭން ހަނގުރާމައަށް ފަހު ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުންނާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން އިގްތިސާދީ ގޮތުން ކެނެޑާ ވަރުގަދަވިއެވެ. ނަމަވެސް ޖޫން މަހުން ފެށިގެން މުދަލުގެ އަގު ދަށްވުމާ އެކު، ހޫނު މޫސުމުގެ ތެރޭގައި ކެނެޑާގެ ޓްރޭޑް ސާޕްލަސް ދަށްވާނެކަމަށް ކަމަށް ބެލެވޭކަމަށް ކެނެޑާގެ އިޤްޠިޞާދީ މާހިރު ސްޓެފަން ބްރައުން ވިދާޅުވެއެވެ. ކެނެޑާ ޑޮލަރުގެ އަގަށް ގާތްގަނޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ.