އިންފްލޭޝަން ކޮންޓްރޯލްކުރުމަށް އާޖެންޓީނާގެ މަރުކަޒީ ބޭންކުން އެ ގައުމުގެ އިންޓަރެސްޓް ރޭޓް %69.5 އަށް މަތިކޮށްފިއެވެ.
މަރުކަޒީ ބޭންކުން 28 ދުވަހުގެ ބެންޗްމާކް ރޭޓް %9.5 ޕޮއިންޓުގައި ބެހެއްޓިއިރު މިއީ އެ ގައުމުގެ އިންޓަރެސްޓް ރޭޓު މަތިކުރި ދެވަނަ ފަހަރެވެ. އާޖެންޓީނާއިން އިންޓްރެސްޓް ރޭޓު މަތިކޮށްފައި މިވަނީ އެ ގައުމުގެ އިންފްލޭޝަން ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައިވެސް ނުވާހާ މަތިވެ %70 އަށް އަރާފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އާޖެންޓީނާގެ އިންފްލޭޝަން މައްޗަކަށް ނުދާނެއެވެ. މިއާއެކު ތަކެތީގެ އަގުތައްވެސް ނުއުފުލޭނެކަމަށް އާޖެންޓީނާއިން މީގެކުރިން ވަނީ އުންމީދުކޮށްފައެވެ.
އާޖެންޓީނާގެ މަރުކަޒީ ބޭންކުން ވަނީ މީގެ ދެ ހަފްތާ ކުރިންވެސް އިންޓްރަސްޓް ރޭޓު %8 އަށް މައްޗަށް ޖައްސާފައެވެ. އަދި މިއީ އެ ބޭންކުން އިންޓްރަސްޓް ރޭޓު މި އަހަރު މަތިކުރި އަށްވަނަ ފަހަރެވެ.
މިއަހަރުގެ ނިޔަލަށް އާޖެންޓީނާގެ އިންފްލޭޝަން ރޭޓް %90 އަށްވުރެ މައްޗަށް އަރާނެކަމަށްވެސް މިހާރު ވަނީ ލަފާކޮށްފައެވެ.
ދެކުނު އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގައި ތަކެތީގެ އަގު އުފުލެމުންދާ މިންވަރު ކޮންޓްރޯލް ކުރުމާއި، ލޯނުތަކާއި ސަރުކާރުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަކީ އާޖެންޓީނާގެ އިގްތިސާދާއިބެހޭ ވަޒީރު ސާޖިއޯ މާސާއަށް މިހާރު އޮތް އެންމެ މުހިންމު އެއް މަސައްކަތެވެ.
މަސާ އަކީ މިދިއަ ދެ މަސް ދުވަސް ތެރޭ އާޖެންޓީނާގެ އިގްތިސާދާއި ބެހޭ ވަޒީރުކަމުގެ މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާ އެވެ. އޭގެކުރިން އެ މަގާމު ފުރުއްވި ބޭފުޅުންނާ ޚިލާފަށް އިގްތިސާދު ހަމައަކަށް އެޅުވުމަށް މާސާ ގެންގުޅުއްވަނީ ތަފާތު ވިސްނުމެކެވެ. އިންޓްރެސްޓް ރޭޓު މަތިކުރެއްވުމުގެ އިތުރުން މައްސާ ވަނީ ސަރުކާރުގެ ޚަރަދުތަކަށް ފައިސާ ޕްރިންޓް ނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އާޖެންޓީނާގެ މާލީ ވަޒީރުކަމުގައި ދެ އަހަރާއި ބައި ހޭދަކުރެއްވުމަށް ފަހު މާޓީން ގަޒްމަން އިސްތިއުފާ ދެއްވާފައި ވަނީ ހުސްވި ޖުލައި މަހު އެވެ. އެއަށް ފަހު އެ މަގާމާއި ހަވާލުވެވަޑައިގެންނެވި ސިލްވީނާ ބަޓަކިސް އެމަގާމު ފުރުއްވީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.