ކުޅިވަރު

ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް: އެމްއެންޔޫ ފައިނަލަށް، އެވިޑާއި އައިޔޫއެމް ސެމީގައި


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (ޢެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެމްއެންޔޫއެސްޔޫ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްއެންޔޫއިން ކަށަވަރުކުރިއިރު، ސެމީ ފައިނަލުގައި އައިޔޫއެމް އާއި އެވިޑް ކޮލެޖު ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ފައިނަލަށް އެމްއެންޔޫ ދަތުރުކުރީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެމްއެންޔޫއިން ފުރަތަމަ މެޗުގައި އެވިޑް ކޮލެޖާއި ދެކޮޅަށް ކުޅުނުއިރު، އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި އައިޔޫއެމްގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.

މި މުބާރާތުގައި އައިޔޫއެމްއިން ކުޅުނު ދެ މެޗުންވެސް ބަލިވިއިރު، މުބާރާތުގައި އެ ޓީމުން އެމްއެންޔޫއާ ވާދަކޮށް ބަލިވީ 3-1 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި އެވިޑާ ބައްދަލުކޮށް ބަލިވީ 3-1 ސެޓުންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގައި، އެމްއެންޔޫއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ އެވިޑާ ވާދަކޮށް 3-1 ސެޓުންނެވެ.

އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެހެންވެ މި ޑިވިޝަނުގައި ކުޅުމަށް ހަމަޖެހިފައިވަނީ ތިން މެޗެވެ. ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ.