ފްރާންސްގެ އިޤްތިޞާދީ ދުވެލި އަންނަ އަހަރު މަޑުވާނެ ކަމަށް އެޤައުމުގެ ސަރުކާރުން ލަފާކޮށްފިއެވެ.
އިޤްތިޞާދީ ދުވެލި މަޑުވާނެ ކަމަށް ލަފާކުރި ނަމަވެސް އޭގެ ސަބަބުން ބަޖެޓް ޑެފިސިޓްގެ އަމާޒު އިސްލާހު ކުރުމުގެ ބޭނުމެއް ނުފެންނަ ކަމަށް ފްރާންސްގެ މާލީ ވަޒީރު ބްރޫނޯ ލެ މެއިރޭ ވަނީ ވިދާޅުވެފައެވެ.
ޔޫރޯ ޒޯނުގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ފްރާންސްގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %1 އަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަދަދު މިއަހަރު ހުރީ %2.5 ގައެވެ.
އިގްތިސާދީ ދުވެލި މަޑުވާނެ ކަމަށް ލަފާކުރި ނަމަވެސް ޕަބްލިކް ސެކްޓަރގެ ޑެފިސިޓް ކުޑަކުރުމަށް ފްރާންސުން ރާވާފައިވާ ގޮތަށް މިއަހަރު އިގްތިސާދީ އުފެއްދުންތެރިކަމުގެ މިންވަރު %5 އަށް ދަށްކޮށް 2027 ވަނަ އަހަރު %3 އަށް ދަށްކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ބްރޯނޯ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، އަންނަ އަހަރު ޖީޑީޕީގެ %5 ޑެފިސިޓްގެ ގޮތުގައި ޖީޑީޕީގެ %5 ހިފައްހަޓަން އަމާޒު ހިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބްރޯނޯ ވިދާޅުވިގޮތުގައި ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސްގެ ހަރަދުތައް ހިފެހެއްޓުމަށް ޕްލޭންތައް އެކުލަވާލައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް ކުރިއަށްވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވައެވެ. އަދި ޑިސެމްބަރު، ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ނިޔަލަށް އިންފްލޭޝަން މަތިވާނެ ކަމަށްވެސް ބްރޯނޯ ވިދާޅުވިއެވެ.
ފްރާންސްގެ އިންފްލޭޝަން އަންނަ އަހަރު %4.2 އަށް ދަށްވާނެ ކަމަށް ލަފާކުރައްވާ ކަމަށްވެސް މާލީ ވަޒީރު ބްރޯނޯ ވިދާޅުވިއެވެ. މިއަހަރު އިންފްލޭޝަން ރޭޓު ހުރީ %5.3 ގައެވެ.