ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި މެކަބީ ހައިފާ އަތުން ފަހަތުން އަރައި ޕިއެސްޖީ މޮޅުވެއްޖެއެވެ.
މެކަބީ ހައިފާގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް ޕީއެސްޖީ ހައިރާން ކޮށްލާ މިމެޗްގެ ލީޑު ނަގާފައިވަނީ މެކަބީ ހައިފާއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ 24 ވަނަ މިނެޓްގައި ޓިޔަރޮން ޝެރީއެވެ.
މިމެޗްގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހާދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލިއޮނެލް މެސީއެވެ. އަދި މިމެޗްގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީ އެޓީމަށް ލީޑު ނަގާދިނީ ކިލިއަން އެމްބާޕޭއެވެ. އަދި މިމެޗްގައި ޕީއެސްޖީގެ ފަހު ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ނޭމާއެވެ.
މިކާމިޔާބީއާއެކު ޕީއެސްޖީ އުޅެނީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައެވެ. އަދި މެކަބީ ހައިފާ އުޅެނީ ދެމެޗުންވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގައި ރޭ ޔުވެންޓަސް އާއި ބެންފީކާ ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ބެންފީކާއެވެ.