ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އިންފްލޭޝަން މައްޗަށް!


ޖަޕާނުގެ އޮގަސްޓުމަހުގެ އިންފްލޭޝަން މަތިވާނެކަމަށް ރަސްމީ ހިސާބުތަކުން ދައްކާނެކަމަށް ލަފާކޮށްފިއެވެ.

ޖަޕާނުގެ ފައިސާ ކަމަށްވާ، ޔެން އަގު ދަށްވުމާއި، ރޯމެޓީރިއަލްގެ އަގު އުފުލުމުގެ ސަބަބުން ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް އޮގަސްޓުމަހުގެ ޖަޕާނުގެ އިންފްލޭޝަން މައްޗަށް ގޮސްފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާސާއިން ދައްކައެވެ.

ކާބޯތަކެތީގެ އަގު ނުހިމަނައި، ހަކަތައިގެ އަގު ހިމެނޭގޮތަށް މިންކުރާ ކޯ ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީޕީއައި މިދިޔަމަހު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %2.7 އިތުރުވެފައެވެ. އެއީ 2014 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ފަހުން އެންމެ އަވަހަށް އައި ކުރިއެރުމެވެ.

ކޯ ކޮންސިއުމަރ ޕްރައިސް އިންޑެކްސް މައްޗަށް ދިއުމަކީ މާޒީގައި ސޭލްސް ޓެކްސް ބޮޑުކުރުމުގެ އަސަރު ނައްތާލާނެ ކަމެއްކަމަށް ލަފާކުރެވޭކަމަށް ނޮރިންޗުކިން ރިސާޗް އިންސްޓިޓިއުޓްގެ ޗީފް އިކޮނޮމިސްޓް ޓަކޭޝީ މިނާމީ ވިދާޅުވިއެވެ.

ޖަޕާނުގެ ކޯ ސީޕީއައި މިވަގުތު ހުރީ މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ %2 އަށް ވުރެ މަތީގައެވެ. އަދި މިއީ މިގޮތަށް ވިދިވިދިގެން ދިމާވާ 5 ވަނަ މަހެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި ގޭބިސީތަކަށް ކުރިމަތިވަމުން އަންނަ ޕްރެޝަރު އަދިވެސް އެބައޮތްކަން އެނގެއެވެ. މަރުކަޒީ ބޭންކުން %2 އިންފްލޭޝަންގެ އަމާޒު ކަނޑައެޅީ 2013 ވަނަ އަހަރުއެވެ.

މަރުކަޒީ ބޭންކުން ސެޕްޓެމްބަރު 21-22 އަށް ބާއްވަން ހަމަޖެހިފައިވާ ސިޔާސަތު ބައްދަލުވުމުގައި ކުރު މުއްދަތުގެ އިންޓަރެސްޓް ރޭޓް ޓާގެޓް %0.1 ގައި ބެހެއްޓުމަށް ނިންމާނެއެވެ.

ސީޕީއައިގެ ތަފާސް ހިސާބުތައް ޖަޕާން ސަރުކާރުން އާންމުކުރާނީ މަރުކަޒީ ބޭންކުގެ ސިޔާސަތު ބައްދަލުވުން ނިމުމުގެ ދެ ދުވަސް ކުރިން މި މަހުގެ 20 ވަނަ ދުވަހުއެވެ.