ކުޅިވަރު

ނޭޝަންސް ލީގު: ސްވިޑެން ބަލިކޮށް ސާބިއާ ކުރިއަށް


ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ބީ ހަތަރެއްގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗު ސާބިއާއިން ކާމިޔާބުކޮށްފިއެވެ.

ސާބިއާގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސާބިއާއިންނެވެ. މި މެޗްގައި ސާބިއާގެ ތަރިއަކަށް ވެގެންދިޔައީ ފޯވަޑް އެލެކްސަންޑަރ މިޓްރޮވިޗް އެވެ. އޭނާ ވަނީ މި މެޗްގައި ހެޓްރިކެއް ހަދާފައެވެ.

މެޗްގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސްވިޑަން އެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ވިކްޓަރ ކްލައެސަންއެވެ. ނަމަވެސް ސްވިޑަންއަށް މި ލީޑު ހިފަހައްޓާލެވޭގޮތް ވީ އެންމެ ތިން މިނެޓަށެވެ. މިޓްރޮވިޗް ވަނީ އޭނާ މި މެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗްގައި ސާބިއާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށް އެޓީމަށް މެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީވެސް މިޓްރޮވިޗްއެވެ.

މެޗްގައި މިޓްރޮވިޗް އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗްގެ 48 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗްގައި ސާބިއާގެ ފަހު ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ ސާސާ ލުކިޗްއެވެ.

މި ކާމިޔާބީއާއެކު ސާބިއާ މިހާރު ވަނީ ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ ނޯވޭ އާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަކޮށްފައެވެ. އަދި ފަހު މެޗްގައި ނޯވޭ އާއި ބައްދަލުކުރާ މެޗް ކާމިޔާބުކޮށްފި ނަމަ ލީގް އޭއަށް މި ގްރޫޕުން ޕްރޮމޯޓްވުމުގެ ފުރުސަތު ސާބިއާއަށް ލިބިގެންވެއެވެ. މި މެޗުން ބަލިވުމުން ސްވިޑަން މިހާރު ވަނީ ގްރޫޕްގެ ފުލަށް ގޮސްފައެވެ. އަދި ލީގް ސީއަށް ރެލިގޭޓުވުމުގެ ބިރު އެޓީމަށް އެބައޮތެވެ.

މި ގްރޫޕްގެ ތާވަލްގެ އެއްވަނައިގާ އުޅޭ ސްލޮވީނިއާ އާއި ނޯވޭ ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ސްލޮވީނިއާ އެވެ.