ދުނިޔޭގެ ވިޔަފާރި

އިންޑޮނޭޝިއާގެ އާމްދަނީ އިތުރުވެ ބަޖެޓް ސާޕްލަސްއެއް


މިއަހަރުގެ ޖެނުއަރީއިން އޮގަސްޓުމަހުގެ ނިޔަލަށް 7.10 ބިލިއަން އެމެރިކާގެ ޑޮލަރުގެ ބަޖެޓް ސާޕްލަސް ވެފައިވާކަމަށް އިންޑޯނޭޝިއާގެ މާލީ ވަޒީރު ސްރީ މުލިއާނީ އިންދްރަވަތީ ވިދާޅުވެއްޖެއެވެ.

މިއީ އެ ގައުމުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ %0.58އާ އެއްވަރުގެ އަދަދެއްކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލީ ވަޒީރު ވިދާޅުވިގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރާއި ހަތަރު ވަނަ ކުއާޓަރުގައި ހަކަތައަށް ބޮޑެތި ސަބްސިޑީތަކެއް ސަރުކާރުންދޭނެއެވެ.

"އަޅުގަނޑުމެންގެ ހުރިހާ ދައުލަތުގެ އާމްދަނީއެއް އަޅުގަނޑުމެން ބޭނުންކުރާނަން،" ސަބްސިޑީތަކަށް ފައިނޭންސް ކުރުމަށް އިޝާރާތް ކުރައްވައި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުލިއާނީ ވިދާޅުވިއެވެ. ތެލުގެ އަގު އުފުލުނު ނަމަވެސް، ހަކަތައިގެ ސަބްސިޑީގެ ގޮތުގައި އިންޑޮނޭޝިއާގެ އަސްލު ބަޖެޓްގެ ތިންގުނައަށް ވުރެ ބޮޑު އަދަދެއް ކަމަށްވާ، 42.91 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ޖެނުއަރީއިން އޮގަސްޓްމަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އަހަރަކު %49.8 އިތުރުވެ، 116.65 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ ތަކެތީގެ އަގު އުފުލުމާއި ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަނެވުމުގެ ސަބަބުން އައި ކުރިއެރުމެއް ކަމަށް މުލިއާނާ ވިދާޅުވިއެވެ. ޚަރަދުތައް އަހަރަކު %6.2 އިތުރުވެ، 1،657 ޓްރިލިއަން އިންޑޮނޭޝިއާ ރުފިޔާއަށް ވަނީ އަރާފައެވެ.

މާލީ ވުޒާރާއިން 2021 ވަނަ އަހަރު ސޮއިކުރި ދެ އިދާރާގެ ބޮންޑް ވިއްކުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި މި އަހަރު މަރުކަޒީ ބޭންކަށް 95.42 ޓްރިލިއަން އިންޑޮނޭޝިއާ ރުފިޔާގެ ބޮންޑް ވިއްކާފައިވާކަމަށް މުލްޔާނީ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މަރުކޒީ ބޭންކުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު 439 ޓްރިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުގެ ބޮންޑް ގަންނާނެއެވެ.