ޚަބަރު

ބަންޑުން ޖަހާލި ބޯޓުން އެކަކު ނިޔާވެއްޖެ


އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި 7 މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

ބަންޑުން ޖަހާލި ބޯޓުން ކަނޑުވި 7 މީހުންގެ ތެރެއިން ނިޔާވެފައިވަނީ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު 59 އަހަރުގެ ފިރިހެނެކެވެ. އައިޖީއެމްއެޗުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާކަމަށެވެ.

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި 7 މީހުންގެ ތެރެއިން 6 މީހުން މިހާރު ވަނީ މާލެ ގެނެސްފައެވެ. މި ބޯޓު ބަންޑުން ޖަހާލީ އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ބޯޓުން ބަންޑުން ޖަހާލުމާއި ގުޅިގެން ކަނޑުވި މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގައި ރޭ 23:45 ހާއިރުގައިކަމަށެވެ. އިންޑިޔާއަށް ނިސްބަތްވާ މި 6 ފަޅުވެރިން މާލެ ގެނައިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްްއެންޑީއެފްއިން ވިދާޅުވެެއެވެ.

ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މި މީހުންނާއި ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

7 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ގެއްލުނުކަމަށް ބެލެވޭ މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނިފައިވަނީ އިއްޔެ ހަވީރު 5:25 ހާއިރުއެވެ. އަދި އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.