ހެންވޭރު ފަހިވައިގޭގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ.ފަހިވައިގޭގެ 7ވަނަ ފަންގިފިލާގައިކަމަށެވެ.
މިހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން ވިދާޅުވީ ބޮޑު ރަސްގެފާނު މަގުގައި އެގޭގައި އަލިފާނުގެ ހާދިސާ އެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިރޭ 20:41 އެހައިކަންހާއިކަމަށާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.
މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް، ފުލުސް މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވެއެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.
އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ 4 މީހަކަށް އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.