ދުނިޔޭގެ ވިޔަފާރި

ފަތުރުވެރިން ގެނައުމަށް ހޮންކޮންގއިން ހިލޭ ޓިކެޓް ދެނީ


ކޮވިޑާއި ގުޅިގެން ހީނަރުވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް 500000 ޓިކެޓު ހިލޭ ދޭން ނިންމާފައިވާކަމަށް ހޮންގްކޮންގްއިން ބުނެފިއެވެ.

ހޮންގް ކޮންގްގެ ޓޫރިޒަމް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑޭން ޗެންގް ވިދާޅުވީ އެއާޕޯޓު އިދާރާއިން އެއާލައިން ކުންފުނިތަކާއެކު ހަދާ އެއްބަސްވުންތައް ނިންމާނީ، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހުރި ކޮވިޑާ ގުޅޭ ހުރަސްތައް އުވާލާނެކަމަށް ސަރުކާރުން އިއުލާނު ކުރުމުން ކަމަށާއި ހިލޭ ޓިކެޓު ދޭ އިސްތިހާރު ކެމްޕޭން އެހާ ހިސާބުން ފަށާނެ ކަމަށެވެ. އަދި މި ޓިކެޓުތައް އަންނަ އަހަރުން ފެށިގެން އެތެރެ އަދި ބޭރުވާ ޓޫރިސްޓުންނަށް ދޫކުރަމުން ދާނެކަމަށްވެސް ޗޭންގް ވިދާޅުވިއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ހެދި ހޮންގްކޮންގްއަށް ބާއްވަމުން އަންނަ އިނގިރެސިވިލާތުގެ ވާޖިން އެޓްލާންޓިކުގެ ދަތުރުތައް ކެންސަލް ކުރާނެކަމަށް އެ އެއާލައިނުން ވަނީ އިއުލާނުކޮށްފައެވެ. ހޮންގްކޮންގްގެ ދަތުރުތައް ހުއްޓާލާ އެސިޓީގައި ހުރި ކުންފުނީގެ އޮފީސް ބަންދުކުރަން ވާޖިން އެޓްލާންޓިކުން ނިންމާފައި މިވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު ލަންޑަންގެ ހީތުރޯ އާއި ހޮންގް ކޮންގާއި ދެމެދު ދަތުރުތައް ބޭއްވުމަށް ފަހުއެވެ.

ކޯވިޑުގެ ބަލިމަޑުކަން ކޮންޓްރޯލުކުރުމަށް ހޮންގް ކޮންގުން ގެންގުޅެމުން އައިސްފައިވަނީ ޗައިނާގެ ހަރުކަށި "ޒީރޯ ކޮވިޑް" ސިޔާސަތެވެ. ނަމަވެސް ހޮޓެލްތަކުގައި ކަރަންޓީނުވެ، ހޮންގް ކޮންގްއަށް ދަތުރުކުރުމުގެ ކުރިން ނެގެޓިވް ކޮވިޑް ޓެސްޓެއް ދައްކަން ޖެހޭ ގަވާއިދު އެ ސިޓީގެ އިދާރާތަކުން ވަނީ މިދިޔަމަހު އުވާލާފައެވެ. ނަމަވެސް ހޮންގްކޮންގްއަށް ޒިޔާރާތްކުރާ މީހުންގެ ދެބައި ކުޅަ އެއްބައި ހިއްސާކުރާނީ ޗައިނާ ފަތުރުވެރިންކަމުގައިވުމުން، އެ ސިޓީގެ ޓޫރިޒަމް ރަނގަޅުވުމާއި ޗައިނާގެ އިގްތިސާދާއި އާންމުން ދަތުރުކުރަން ބޭނުންވުމާއި އެމީހުންނަށް އެފުރުސަތު ލިބުމާ ގުޅިފައިވާކަމަށް މާކެޓުތައް ދިރާސާކުރާ ޔޫރޯމޮނިޓާ އިންޓަނޭޝަނަލްގައި މަސައްކަތް ކުރައްވާ އެނެލިސްޓު ޕްރޫޑެންސް ލާއި ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހު ހޮންގް ކޮންގްއަށް ޒިޔާރަތް ކޮށްފައި ވަނީ 184000 ފަތުރުވެރިންނެވެ. ނިސްބަތުން ބަލާއިރު މުޅި 2019 ވަނަ އަހަރު އެކަނިވެސް މިއަދަދު ހުރީ 56 މިލިއަނުގައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އަހަރަކު ގާތްގަނޑަކަށް 56 މިލިއަން މީހުން ޒިޔާރަތްކުރި ހޮންކޮންގަށް މިހާރު ދަނީ ދުނިޔޭގެ އެންމެ ހަރުކަށި ދަތުރުފަތުރުގެ ހުރަސްތަކުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރުން ވަނީ ބޮޑުތަނުން މަދުވެފައެވެ. މިއާއިއެކު ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފަތުރުވެރިން އަނބުރާ ހޯދުމަށްޓަކައި އެ ގައުމުން އަންނަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ފާއިތުވެ ދިޔަ ހަފްތާތަކުގައި ހޮންގް ކޮންގް އިން ވަނީ ކޮވިޑާއި ގުޅޭ ގިނަ ގަވާއިދުތަކެއް އުވާލާފައެވެ. ނަމަވެސް ބަލިމަޑުކަމުގެ ކުރިން އެ ގައުމުގެ ފަތުރުވެރިކަމަށް އޮތް ޑިމާންޑު މިހާރު ނެތުމުން ބޮޑެތި ތާވަލުކޮށްގެން ފްލައިޓުތައް ބޭއްވުން ބޮޑެތި އެއާލައިންތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.