އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ކުރާ މަސައްކަތުގެ ދަށުން، 3 ވަނަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.
ބޭސިކް އެއަރ ޓްރެފިކް ކޮންޓްރޯލަރސް ޓްރެއިނިންގ ކޯހުގެ 3 ވަނަ ބެޗުގައި ޖުމްލަ 9 އެއަރ ޓްރެފިކް ކޮންޓްރޯލަރެއް އެމް.އޭ.ސީ.އެލުން ވަނީ ތަމްރީންކޮށްފައެވެ. ކޯހުގެ ބައިވެރިން ވަނީ 8 ހަފްތާގެ ތަމްރީން ފުރިހަމަކޮށްފައެވެ.
އެމް.އޭ.ސީ.އެލުން މި ކޯސް ކުރިއަށްގެންގޮސްފައިވަނީ 21 އޮގަސްޓުން ފެށިގެން 13 އޮކްޓޫބަރުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވެފައިވާ ހުރިހާ ބައިވެރިންނަކީވެސް އެއަރ ޓްރެފިކް ސެންޓަރ، އޭ.ޓީ.ސީއާއި މުޅިން އަލަށް ގުޅުނު ފަރާތްތަކެވެ.
With 9 air traffic controllers, the 3rd batch of Basic Air Traffic Controllers training course was completed today.
— Maldives Airports Company Ltd - MACL (@MACLmedia) October 13, 2022
The 8-week course was designed and delivered in accordance with International Civil Aviation Organization standards (ICAO). pic.twitter.com/Yvcho9LlXh
މި ތަމްރީނުގެ މަޤްޞަދަކީ އެއަރ ޓްރެފިކް ސަރވިސަސްގެ އައު ރެކްރޫޓުންނަށް ބޭނުންވާ ތިއޮރެޓިކަލް ނޮލެޖް ފޯރުކޮށްދީ، އޭ.ޓީ.ސީ ރޭޓިންގއަށް ތައްޔާރުކުރުންކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ. ކޯހުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އޭ.ޓީ.ސީގެ ތަމްރީން ލިބިފައިވާ ޓްރެއިނަރުންނެވެ. އަދި މުޅި ކޯސް ފަރުމާކޮށްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ މިންގަނޑުތަކާ އެއްގޮތަށްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.
މި ކޯސް ފުރިހަމަކުރި ފަރާތްތަކުން މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން އެހެނިހެން ރީޖަނަލް އެއަރޕޯޓްތަކުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކުންފުންޏަކީ ހުރިހާ ރީޖަނަލް އެއަރޕޯޓްތަކެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުތައް މެނޭޖްކުރާ ކުންފުންޏެކެވެ.
އެމް.އޭ.ސީ.އެލްއިން ދަނީ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުންގެ ޤާބިލުކަމާއި މަޢުލޫމާތު އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ހުނަރުތައް އިތުރުކުރުމުގެ ޕްރޮގްރާމްތައް ޤަވާއިދުން ބާއްވަމުންނެވެ.